NEWS

ކާށިދޫ ކަނޑު އެހާ ގަދައީ މިހެންވެ!؟

6 January 2024

ކާށިދޫ ކަނޑަކީ ރާއްޖޭގެ އަތޮޅުތައް ގުދުރަތީ ގޮތުން ބެހިފައިވާ ގޮތުން އުތުރާއި މެދުގެ އިން ވަކިކުރާ ހިސާބުގައި އޮތް މާކަނޑެވެ. އިނގިރޭސި ޗާޓުތަކުގައި "ކާޑިވާ ޗެނަލް" ގެ ނަމުން ނަން ދީފައިވާ މި ކަނޑަކީ އިހުގެ ދަތުރުވެރިންނާއި ސައްޔާހުންގެ ދަތުރުނާމާ ތަކުގައި މުހިންމު ކަނޑެއްކަން އޮތީ ބަޔާންކޮށްފަ އެވެ. އެއީ, ރާއްޖޭގެ ތިލަ ފަރުތަކާއި ފަޅުތަކުގެ ބޭރުން ރާއްޖޭ ހުރަސްކޮށް ދަތުރުކުރާ މައިގަނޑު އެއް ޗެނަލަކީ ކާށިދޫ ކަނޑު ކަމަށްވުމުންނެވެ. އިތުރަށް ކިޔާލާ